މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާގުޅޭ

އިޢުލާން

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާގުޅޭ

           މި އަހަރު ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް ދާނެ ވާހަކަ ދަންނަވަމެވެ.  ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 އިން 27 ރަމަޟާން 1445 ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 12:00 އަށެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚް އަކީ 27 ރަމަޟާން 1445 ވާ ހޮނިހިރު ދުވަހުގެ 12:00 އެވެ. ޒަކާތް އިންޓަނެޓް ބޭކިން މެދުވެރިކޮށް އަދި މި އިދާރާއަށް ދުރުވެ ވެސް ދެއްކޭނެއެވެ.

އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޒަކާތް ދައްކާނެގޮތް ތިރީގައި އެވަނީއެވެ.

  • އެކައުންޓްގެ ނަން:    1350 ޚަރަދު 2
  • އެކައުންޓް ނަންބަރު: 7717-700403-004
  • ފައިސާ ޖަމާކުރުމަށްފަހު ސްލިޕް ކޮޅު 9741871 އަށް ވައިބާ ކޮށްދެއްވުންއެދެމެވެ. އަދި ޖަމާކުރި ފައިސާގެ ތަފްޞީލް ( ރިމާރކްސް ) ގައި ގޭގެ ނަމާއި، މީހުންގެ ޢަދަދު، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައިދެއްވުން އެދި ދެންނެވީމެވެ.

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ 

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ ( އާދައިގެ )

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ ( މޮޅު )

 100ރުފިޔާ

6

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

125 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 މާރިޗު 2024
ހޯދާ