ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. އަތޮޅު ސްޓޭޓްހައުސްގައި ބޭނުންކުރަމުންދާ އޭސީތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

                                                             ނަންބަރ: (IUL)241-A/241/2024/9

 

                            އިއުލާން

 

ގއ.އަތޮޅު ސްޓޭޓްހައުސްގައި ބޭނުންކުރަމުންދާ އޭސީތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

                        މިއަތޮޅު ސްޓޭޓްހައުސްގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތައް ކޮންޓެކްޓް އުޞޫލުން    ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                        ވީމާ ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 18 މާރޗް 2024ވާ ހޯމަ ދުވަހުގެ 12:00އަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ( [email protected] ) އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ:
  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީމެއިލް އެޑްރެސް :

 

                       އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އޭސީތަކާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީބިޑް މީޓީންގ އޮންނާނީ 21 މާރޗް 2024 ވާ ބުރާސްފަތި ދުވަހު 10:30ގައެވެ. ގއ.އަތޮޅުކައުންސިލްއިދާރާގައެވެ. މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބްތައް 31 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ އަންދާސީ ހިސާބްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް ގެޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

 

  • ހުށަހަޅާ އަގަށް                 %60
  • މުއްދަތަށް                    
  • ލިބިފައިވާ ތަޖުރިބާ އާއި ގާބިލް ކަމަށް     %20
  • މާލީ ތަނަވަސްކަން               

                      ( މާލީ ތަނަވަސްކަންހުރިކަމަށްބަލައިގަނެވޭނީ ހުށަހަޅަފަރާތުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރަންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންންނެވެ. އިޢުލާނުގައި ޕޮއިންޓްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  އަދިގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

29  ޝަޢުބާން 1445

 10   މާރޗް  2024 

 

                                                            

                                                         

10 މާރިޗު 2024
ހޯދާ