މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލުގެ ދެކުނުފަރާތުގައި ހުރި ފެންހަންތައް އެތަނުން ނަގާ، ސްކޫލްގެ ހުޅަނގުފަރާތުގައި ފެންހަންތައް ބެހެއްޓުމުގެ މަސައްކަތް ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ކުރުމަށް ކުރި އިޢުލާން GS71-D/IUL/2024/02 ބާޠިލްކޮށް ، އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ފ.މަގޫދޫ ސްކޫލް
މަގޫދޫ، ދިވެހިރާއްޖެ.
އިޢުލާން ނަންބަރ:GS71-D/IUL/2024/05
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުގެ ދެކުނުފަރާތުގައި ހުރި ފެންތާނގީތައް އެތަނުން ނަގާ، ސްކޫލްގެ ހުޅަނގުފަރާތުގައި ފެންތާންގީތައް ބެހެއްޓުމުގެ މަސައްކަތް ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ހެދުމަށް، ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 މާރިޗް 2024 ވާ އަންގާރަ އިން 14 މާރިޗް 2024 ވާ ބުރާސްފަތި ދުވަހަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 09:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 20 މާރިޗް 2024ވާ ބުދަ ދުވަހުގެ 10:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 6740591 / 7460951
އީ-މެއިލް: [email protected]
10 މާރިޗު 2024
ހޯދާ