ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 ވާ އަންގާރަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 12:00އަށެވެ.
އަދި ދަންނަވަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރަށްވާ ފައިސާއިންނެވެ.
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
70 ރުފިޔާ |
3 |
ރަތް ހަނޑޫ |
80 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
70 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125 ރުފިޔާ |
7 |
އާދައިގެ ފުށް |
10 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
ފިޠުރު ޒަކާތް އޮންލައިންކޮށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމްބަރ:(IUL)496-A2/496/2024/1002 އިޢުލާނުގައިވާ އިދާރާ/މުއައްސަސާތައް މެދުވެރިކޮށް ފައިސާ ދެއްކެވުން އެދެމެވެ.ފިޠުރު ޒަކާތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޝައުބާން 1445