ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޭސް އިންވެސްޓިގޭޓަރ

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ކޭސް އިންވެސްޓިގޭޓަރ، ގްރޭޑް-2

ކްލެސިފިކޭޝަން:

އޮފިސަރ، ގްރޭޑް-2

ބޭނުންވާ އަދަދު:

02

އަސާސީ މުސާރަ:

-/6,700 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

އެކު ޖުމްލަ:

-/13,715 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • އިންވެސްޓިގޭޝަންސް އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ،
  • ޤާނޫނީ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް އޮތުމާއިއެކު 2 އަހަރުދުވަހު ޤާނޫނީ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަޙުޤީޤުކޮށް މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާއާއި ލަފާދިނުން.
  • ކޮމިޝަނުންދޭ ލަފާގެ މަތީން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން. 
  • ތަޙުޤީގުކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރިސާރޗް ރިޕޯޓު ތައްޔާރުކުރުން.
  • ކޮމިޝަންގެ ލަފާގެ މަތިން މައްސަލަތަކާ ގުޅޭ ރިޕޯޓު ތައްޔާރުކުރުން.
  • މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
  • ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުން ހުރި ހޯދުންތައް ހޯދުމާއި ރިސްރޗް ރިޕޯޓު ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ފޯމުގައިވާ ލިޔުންތައް.
  • (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

ނޯޓް:

  • އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

  • 2015 މޭ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން،
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުލސްލިބޭ 15 ފަރާތަކަށެވެ.
  • އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 މޭ 19 ން 28 އާ ދެމެދުއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

01 ރަޖަބު 1436

20 އޭޕްރިލް 2015
ހޯދާ