މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އޮފިސަރު ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް
|
އިދާރީ ހިންގުމާއި ފައިސާއާ ބެހޭ
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- ސާނަވީ އިމްތިޙާނުގެ [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައި ވުމާއެކު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ [އިނގިރޭސި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ހާސިލުކޮށްފައިވުން، ނުވަތަ،
- ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިގެން ދިއުމާއެކު، ޖީ.އެސް. 1 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެފައިވުން.
- ބޭސިކް ކޮންޕިޔުޓިންގ ދަންނަ ކީބޯޑަށް ފަރިތަ މީހެއް ކަމުގައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހަށް އަންނަ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، އެންޓްރީކޮށް، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ހަވާލުކުރަންޖެހޭ ފަރާތްތަކަށް އެ ތަކެތި ހަވާލުކުރުން.
- އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، ގުޅާފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- އޮފީހަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް މަގުފަހި ކޮށްދިނުން.
- ވެރިން އަންގާ ގޮތެއްގެމަތިން އޮފީހަށް އިދާރީ ގޮތުން ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން.
|
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު
- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
އުޖޫރަ އާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު): -/3،000 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ/ ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް/ ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވޭނެއެވެ.
|