ދިވެހިރާއްޖެ
މިކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް މިކޯޓުގެ އިދާރީ ބައިގައި ލަކުޑި އަދި ބިއްލޫރި ބޭނުންކޮށްގެން ޕާޓްޝަނެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މާރިޗު 2024 ގެ 13:15 އަށް މިކޯޓަށް ވަޑައިގެން ނުވަތަ ނަންބަރު: 6521679 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2024 ގެ 14:00 ގެ ކުރިން މިކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރައްވައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 ޝައުބާން 1445
10 މާރިޗު 2024