ދިވެހިރާއްޖެ
ބ. ދަރަވަންދޫ މަސްޖިދުލްޣާލީ ފޮޅައި ސާފުކުރުމުގެ މަސައްކަތާއި ކުދި ކުދި މަރާމާތުގެ މަސައްކަތްތައް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.
މަޢުލޫމާތު ދިނުން |
2024 މާރޗް 17، އާދީއްތަދުވަހުގެ 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
2024 މާރޗް 21، ބުރާސްފަތިދުވަހުގެ 11:00 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ހުވަނދުމާމަގު، ބ. ދަރަވަންދޫ، 06060، ދިވެހިރާއްޖެ.
ފޯން: 6602514، 6602519
އީމެއިލް: [email protected]