ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރިޗް 0242 ) އިން ފެށިގެން 27 ރަމަޟާން 1445 ( 06 އޭޕްރީލް 2024  ) ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އާއި ދެމެދުގައެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތްނެރޭނީ އެބަޔަކު އަހަރުތެރޭގައި އާއްމުކޮށް ކައިއުޅުނު ބާވަތްތަކުން ( ގޮވާމުން ) 2.4 ކިލޯގެ މިންވަރެވެ. ރަސްމީކޮށް ޒަކާތްބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.

މިއިދާރައިން މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފައިސާ އެކައުންޓަށް ޓްރާންސްފަރ ކޮށްގެންނާއި، ނަގުދުފައިސާއިންނެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ވައިބަރ ކުރައްވާއިރު  ( ޒަކާތްދެއްކި ގޭގެނަން، މީހުންގެ ޢަދަދު، ދެއްކި ބާވަތް، އަދި ދެއްކި ފަރާތުގެ ނަން ) އެނގޭގޮތަށް ތަފްޞީލް ލިޔުއްވަން ވާނެއެވެ.

               އެކައުންޓް ނަމްބަރ : 7725 700469 004

               ވައިބަރ ނަމްބަރ :  9310701

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭ ވަރު )

އާދައިގެ ހަނޑޫ

12.00 ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

70.00 ( ހަތްދިހަ ރުފިޔާ )

ރަތް ހަނޑޫ

80.00 ( އަށްޑީހަ ރުފިޔާ )

ބާސްމަތީ ހަނޑޫ (އާދައިގެ)

70.00 ( ހަތްދިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ (މޮޅު)

100.00 (އެއްސަތޭކަ ރުފިޔާ )

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125.00 (އެއްސަތޭކަ ފަންސަވީސްރުފިޔާ )

އާދައިގެ ފުށް

10.00 (ދިހަ ރުފިޔާ )

އާޓާ ފުށް

75.00 (ހަތްދިހަފަސް ރުފިޔާ )

މިކަން ޢާއްމުކޮށްއެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މާރިޗު 2024
ހޯދާ