ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވޭސްޓްމެނޭޖްމަންޓް ސެންޓަރ،ބަނދަރު އަދި ސަހަރާ)

ކުރިންކުރި އިޢުލާން ނަންބަރު: (IUL)372-A1/372/2024/16 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރީމެވެ.

ކައުންސިލް އެސިސްޓެންޓް ކުނިގޮނޑާއި ބޯޅަދަނޑު ބެލެހެއްޓުމުގެ މަސައްކަތް

މަޤާމް:

 03 (ތިނެއް)

ބޭނުންވާ އަދަދު:

ވަގުތީ (28 ފެބުރުވަރީ 2025ގެ ނިޔަލަށް)

މަޤާމުގެ ގިންތި:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3100 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

-/1000 ރުފިޔާ

ސާރވިސް އެލަވަންސް:

-/832 ރުފިޔާ

މިނިމަމް ވޭޖް އެލަވަސް:

-/1200 ރުފިޔާ

ޝަޕޯޓިންގ ކޯ އެލަވަންސް:

-/1085 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

1-      ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

2-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ މުސާރައިގެ 20% ށް ވުރެ އިތުރުނުވާގޮތަށް

3-      މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/35 ރުފިޔާ

4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

އެހެނިހެން އެލަވެންސް:  

ފ. މަގޫދޫކުނިގޮނޑާއި ބޯޅަދަނޑު ބެލެހެއްތުމުގެ މަސައްކަތް

ހ- ފ. މަގޫދޫ ކުނިކޮއްޓަށް ޖަމާކުރެވޭކުނި ދުވަހުންދުވަހަށް އެކި ބާވަތްތައް ވަކިކޮށް ޖަމާކުރުން.

ށ- ފ. މަގޫދޫ ކުނިކޮއްޓަށް އުކާލެވޭކުނިބުނި  އޭގެބާވަތްތައް ވަކިކޮށް އަންދަންޖެހޭ ބާވަތްތަށް އަންދާ ކުނިގޮނޑުގެ ފަސްގަނޑު އެއްވަރުކޮށް ބެލެހެއްޓުން.

ނ- ރައްޔިތުން އުކާލާކުނި އަޅަންޖެހޭސަރަހައްދުތައް، ބާވަތްތައް ވަކިކޮށް ( ބިއްލޫރި، ޕްލާސްޓިކް، ނެޕީފަދަތަކެތި) ކުނިގޮނޑަށްއަންނަފަރާތްތަކަށް ކުނިއަޅާނޭތަންތަންދެއްކުން.

ރ- ކުނިއުކުމާބޭގޮތުންހެދިފައިހުންނަ ޤަވާއިދުތަކާއި ޚިލާފަށް ކުނިއުކާފަރާތްތަކަށް ނަޞޭޙަތްތެރިވެ، ތަކުރާރުވާ ފަރާތްތަކުގެ ނަންތައް ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.

ބ- ކުނިއުކަންދާ ފަރާތްތަކަށް އެހީތެރިކަމާއި، އެއްބާރުލުން ދިނުން.

ޅ- ރަށުތެރޭ މަގުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ހަފުތާއަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުން.

ކ- ބޯޅަދަނޑުގެ ވިނަގަނޑު ކޮށައިސާފުކުރުމާ، ވިނައުފުރަން ޖެހޭ ތަންތަނުގައި ވިނައުފުރުން.

އ- ބޯޅަދަނޑުގައި ހުންނަ ޑަސްޕިންތަކާއި ކުނިތައް ސާފުކުރުން.

ވ- ބޯޅަދަނޑުގައި ހުރި ރުއްގަސް ދިލައި ސާފުކޮށްބެލެހެއްޓުން.

 

 

 ކައުންސިލް އެސިސްޓެންޓް ބަދަރު އަދި ސަހަރާ ބެލެހެއްޓުމުގެ މަސައްކަތް

މަޤާމް:

01( އެކެއް )

ބޭނުންވާ އަދަދު:

ވަގުތީ (28 ފެބުރުވަރީ 2025ގެ ނިޔަލަށް)

މަޤާމުގެ ގިންތި:

އެސް. އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3100 ރުފިޔާ

މުވައްޒަފަށް ލިބޭ މުސާރަ:

-/1000 ރުފިޔާ

ސާރވިސް އެލަވަންސް:

-/832 ރުފިޔާ

މިނިމަމް ވޭޖް އެލަވަސް:

-/1200 ރުފިޔާ

ޝަޕޯޓިންގ ކޯ އެލަވަންސް:

-/1085 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

1-      ރަމަޟާން މަހުގެ އިނާޔަތް -/3000 ރުފިޔާ (ރަމަޟާންމަހު)

2-      ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ މުސާރައިގެ 20% ށް ވުރެ އިތުރުނުވާގޮތަށް

3-      މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/35 ރުފިޔާ

4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

އެހެނިހެން އެލަވެންސް  

ބަދަރު އަދި ސަހަރާ ބެލެހެއްޓުމުގެ މަސައްކަތު

ހ- ބަދަރުގައި އަޅާފައިވާ އުޅަދުތައް ހުންނަނީ ބަދަރު ބޭނުންކުރުމުގެ ޤަވާއިދާ އެއްގޮތައްތޯ ބަލައި، ޤަވާއިދާ ހިލާފަށް އަޅާފައިހުންނަ އުޅަދުފަހަރު ޤަވައިދާ އެއްގޮތައް ބެހެއްޓުމަށް ނަސޭޙަތްތެރިވުމާއި އަދި ތަކުރާރުކޮށް ޤަވާއިދާ ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ސްޕަވައިޒަރަށް ހިއްސާކުރުން.

ށ- ބަދަރާއި، ބަދަރުހިމެނޭ ސަރަހައްދުގައި ހުންނަކުނި ކޮންމެދުވަހަކު އެއްފަހަރު ނަގައި ސާފުކުރުން.

ނ- ބަދަރާއި، ބަދަރުހިމެނޭ ސަރަހައްދުގައި ހުންނަ ޑަސްޕިންތަކާއި އަދި ކުނި މަދުވެގެން ހަފުތާއަކު ދެފަހަރު ކުނިގޮޑަށް އުކާލުން.

ރ- ސަހަރާގައި ފަޅާފައިވާ ވިނަގަސްތައް ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން.

ބ- ސަހަރާގައި ހައްދާފައިވާ ރުއްތައް ދިލާސާފުކޮށް ބެލެހެއްޓުން.

ޅ- ކަށުކަމާކިމީގެ އެންމެހާ މަސައްކަތްތަކުގައި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.

 

  • ލިޔަންކިޔަން އެނގުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

ހ- ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ށ- ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެނެވެ.

ނުވަތަ،

ނ- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޯކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުޠުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ނެތް

 ތައުލީމީ ރޮނގުތައް

  • ނެތް

 ޕްރިފަރޑް ޑިސިޕްލިން

  • ނެތް

 ކޯ ޑިސިޕްލިން

  • ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:

1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ފ.މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 20 މާރިޗް 2024 ން 23 މާރިޗް 2024 ހާއިދެމެދު ފ.މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  6740014އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

‏7‏ މާރޗް‏ 2024

‏27‏ ޝަޢްބާން‏ 1445

07 މާރިޗު 2024
ހޯދާ