ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ވީ.އައި.އޭގެ އައު ކާރގޯ ޓާރމިނަލް އިމާރާތުގައި "ކާރގޯ އޮފީސް"ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި އަލަށް އިމާރާތްކޮށްފައިވާ ކާރގޯ ޓާރމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގަން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން، އޮފީސް ހިންގުމަށް ދޫކުރާ ޖާގަ ކާމިޔާބުކުރާ ފަރާތްތައް އޮފީސް ހަދައި ހިންގަންވާނީ، މިކުންފުނިން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގަޮތަށެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ތިރީގައި ބަޔާންކޮށްފައިވާ 4 ކެޓަގަރީގެ ތެރެއިން މަދުވެގެން އެއްކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ފަދައިން، އެކަންކަށަވަރު ކޮށްދިނުމަށްޓަކައި އެކެޓަގަރީގެ ޝަރުތު ހަމަވާކަން ޔަޤީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
# |
ޝަރުތުހަމަވާ ކެޓަގަރީތައް Eligible Catergories |
ޝަރުތުހަމަވާކަން ޔަގީންކޮށްދިނުމަށް ހުށަހަޅަންޖެހޭ ލިޔުންތައް Documents to Submit to Prove Eligibility |
ހ |
އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ އެއަރލައިނެއްގެ ގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް |
Operating permit / Authorization issued by MCAA for foreign airlines |
Cargo Airlines of International Airlines registered in the Maldives Civil Aviation Authority (MCAA) |
||
ށ |
އިންޓަރނޭޝަނަލް އެއަރލައިންއެއްގެ ކާރގޯ ސޭލްސް އެޖެންޓެއްގެގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް |
Certificate of Approval as an Air Transport Sales Agent |
Cargo Sales Agents (CSA) of International Airlines registered in the Maldives Civil Aviation Authority (MCAA) |
||
ނ |
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކާރގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް |
Broker License issued by Maldives Customs Service |
Cargo Brokers (clearing & forwarding agents) registered in the Maldives Customs Service Brokers list |
||
ރ |
މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކުރިއަރ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް |
Courier Agent License issued by Maldives Customs Service |
Courier Agents registered in the Maldives Customs Service Brokers list |
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މާރިޗު 14 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:00 ގެ ކުރިން، ސިޓީ، ފެކްސްނުވަތަ އީމެއިލް([email protected]) މެދުވެރިކޮށްޝައުޤުވެރިކަން ފާޅުކުރުން (EOI) އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮށްދެއްވަން ވާނެއެވެ. އަދި ޝަރުތު ހަމަވާކަން ޔަގީން ކޮށްދިނުމަށްޓަކައި މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ.
އަދި ހުރިހާ ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް (EOI) ދީފައިވާ މިދަޢުވަތަކީ ބީލަމެއް ހުށަހަޅަން ދެވޭ ދަޢުވަތެއް ނޫނެވެ. އަދި މީގެ މަޤުޞަދަކީ ހަމައެކަނި މަޢުލޫމާތު ލިބިގަތުމެވެ. އަދި މިދަޢުވަތަކީ މިކުންފުނިން މިކަން ކުރިއަށް ގެންގޮސް އެވޯޑުކޮށް ބަޔަކާއި މަސައްކަތް ހަވާލުކުރަން ޖާމިނުވާ އިޤުރާރެއްވެސް ނޫނެވެ. ނުވަތަ އެފަދަ އެއްވެސް އެހެން މަރުޙަލާއެއްކުރިއަށް ގެންގޮސް ނިންމަން ވެވޭ އެއްބަސްވުމެއްވެސްނޫނެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.