ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
20 ވަނަ ރަމަޟާން ކަޕް

     20 ވަނަ ރަމަޟާން ކަޕް  16 މާރިޗް 2024 ން 20 މާރިޗް 2024 އަށް މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައި އެވަނީއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި އެސޯސިއެޝަންގެ ވެބްސައިޓް (https://badmintonmaldives.org.mv) ގައިވެސް ޝާއިޢު ކުރެވިފައިވާނެއެވެ.

     ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 12 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ.

     އަދި މި މުބާރާތުގެ ހިންގާ ކޮމެޓީގައި ޙަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން 10 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ.

     އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

07 މާރިޗު 2024
ހޯދާ