ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޝަން/ ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޏ.އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭ ގަވާއިދުތަކާއި އެއްގޮތަށް ފައިސާގެ މަސައްކަތްތައް ކުރުމާއި، ބަޖެޓް އަދި އެހެނިހެން އެކައުންޓްތަކުގެ ޚަރަދު ރިޕޯޓާއި މުވައްޒަފުންގެ މުސާރަ ޝީޓް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގެ ކުރިން ޗެކްކުރުން، އަދި ފައިސާ ޚަރަދުކުރުމަށް ތައްޔާރުކުރާ ވައުޗަރ ޚަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން ޗެކްކުރުން.
  • އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.
  • ބަޖެޓާއި ބެހޭގޮތުން ފޮނުވަންޖެހޭ އެންމެހައި ރިޕޯރޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސާރވިސަސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް،

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 03 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6861860 އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސާރވިސަސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.

14 އޭޕްރިލް 2015
ހޯދާ