މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

                                                 ނަމްބަރ: IUL/303-CA/303/2024/22               

އިޢުލާން

1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

                މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 ( 12 މާރޗް 2024) ވާ އަންގާރަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 (06 އޭޕްރީލް 2024 ) ވަނަ ދުވަހުގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 11:30އަށެވެ.

                ފިޠުރުޒަކާތުގެ ގޮތުގައި އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ އަގެވެ. ނުވަތަ 2.4 ކިލޯއެވެ.

#

ބާވަތް

ރޭޓު (މީހަކަށް ދައްކަންޖެހޭ ވަރު)

1

އާދައިގެ ހަނޑޫ

-/12 (ބާރަ ރުފިޔާ)

2

ތައިލެންޑް ހުދު ހަނޑޫ

-/70 (ހަތްދިހަ ރުފިޔާ)

3

ރަތް ހަނޑޫ

-/80 (އަށްޑިހަ ދެރުފިޔާ)

4

ބާސްމަތީ ހަނޑޫ (އާދައިގެ)

-/70 (ހަތދިހަ ރުފިޔާ)

5

ބާސްމަތީ ހަނޑޫ (މޮޅު)

-/100 (ސަތޭކަ ރުފިޔާ)

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

-/125 (ސަތޭކަ ފަންސަވީސް ރުފިޔާ)

7

އާދައިގެ ފުށް

10/- (ދިހަ ރުފިޔާ)

8

އާޓާ ފުށް

-/75 (ހަތްދިހަފަސް ރުފިޔާ)

                    އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފިޠުރު ޒަކާތް ދައްކަވަން ބޭނުންފުޅުވާނަމަ މިކައުންސިލްގެ 1344 ރެވެނިއު2 ގެ ނަމްބަރ: 002 700465 7717 އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު މި 9318970 ނަމްބަރ އަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. ވައިބަރ ކުރައްވާއިރު (ޒަކާތް ދެއްކި ގޭގެ ނަން، މީހުންގެ އަދަދު، ދެއްކި ބާވަތް އަދި ދެއްކި ފަރާތުގެ ނަން) އެނގޭގޮތަށް ތަފްޞީލް ލިޔުއްވަން ވާނެއެވެ.

                     ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 މާރިޗު 2024
ހޯދާ