މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ނެގުމާބެހޭ

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 (2024 މާރިޗު 12) ވާ އަންގާރަ ދުވަހުން ފެށިގެން 25 ރަމަޟާން 1445 (2024 އެޕްރީލް 04) ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން 12:30 އަށް މި އިދާރާގައި ކުރިއަށް ދާނެއެވެ. އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅަފައިވާތީ ނަގުދު ފައިސާއިން ފިޠުރު ޒަކާތް ދައްކަވަން ބޭނުއްފުޅުވާ ފަރާތްކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 2024 އެޕްރީލް 02 ވާ އަންގާރަ ދުވަހު އަދި 2024 އެޕްރީލް 04 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ން 11:00 އަށް ކައުންސިލް އިދާރާ ހުޅުވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ. 

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީހަކަށް 2.4 ކިލޯ މިންވަރަށްވާ ފައިސާ އިންނެވެ. އޮންލައިންކޮށް ފައިސާ ދެއްކުމަށް ބޭނުންވެލައި ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ.

އެކައުންޓްގެ ނަން

އެކައުންޓް ނަންބަރު

1328 KHARADHU 2

7720700438004

 

އަދި ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ފައިސާ ދައްކަވާ ގޭގެ ނަމާއި ޒަކާތް ދައްކާ ފަރާތްތަކާއި މީހުންގެ އަދަދު އަދި ކާބޯތަކެތީގެ ކޮންބާވަތެއްކަން ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު ޓްރާސްފަރ ކުރެއްވި ސްލިޕް [email protected] ނުވަތަ 7763264 އަށް ޓެލެގްރާމް ކުރެއްވުންއެދެމެވެ.

ފިޠުރު ޒަކާތް ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި  ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާއްމު ކޮށްފައިވާ ރޭޓުތަކުންނެވެ. މި އިޢުލާނާއި އެކު 1445 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުގެ ތަފްސީލް ކަރުދާސް އެއް ހީރާސް ކުރީމެވެ.

ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި އަންގަމެވެ.

07 މާރިޗު 2024
ހޯދާ