ދިވެހިރާއްޖެ
06 ކޮމްޕިއުޓަރ ސިސްޓަމް އަދި 1 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް 06 ކޮމްޕިއުޓަރ ސިސްޓަމް އަދި 01 ލެޕްޓޮޕް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން 2024 ފެބުރުވަރީ 22 ވަނަ ދުވަހު ކޮށްފައިވާ ނަމްބަރު (IUL)93-OS/1/2024/13 އިޢުލާނުގައި މަޢުލޫމާތު ކަރުދާހުގައި ހުށަހަޅަންޖެހޭ ތާރީޚުލިޔުމުގެ ކުށެއްޖެހިފައިވާތީ އެއިޢުލާން ބާޠިލުކޮށް 2 ވަނަފަހަރަށް އަލުން އިޢުލާން ކުރަމެވެ.
ވީމާމިމަސައްކަތާގުޅޭ އިތުރުމަޢުލޫމާތު މިއިޢުލާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުން އަދި ބީލަން ހުށަހެޅުން
ބީލަންހުށަހެޅުން އަދި ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗު 19 ވަނަދުވަހު ހެނދުނު 11:00 ގައި، ހުޅުލޭގައި ހުންނަ މިއޮފީހުގެ ސަންޝައިން މާލަމުގައި އެވަގުތު ހާޒިރުވެތިބި ބީލަން ވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.