ދިވެހިރާއްޖެ
އިޢުލާން
ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ނަންބަރު 258/258/2024/12(IUL) (04 ފެބްރުއަރީ 2024) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅި ފަރާތްތަކުގެ ޝަރުތު ހަމަނުވުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް ހިންގައިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
18 މާރިޗު 2024 |
10:30 |
އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން |
27 މާރިޗު 2024 |
10:00 |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޝަޢްބާން 1445
7 މާރިޗު 2024