އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - މެޑިކަލް ކްލެއިމްސް

އިޢުލާން ނަންބަރު: ASND-HCM-IUL-2024-012

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: މެޑިކަލް ކްލެއިމްސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ނާރސިންގ ދާއިރާ ނުވަތަ ސިިއްޚީދާއިރާއާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ހެލްތް އިންޝުއަރެންސް އާއިގުޅޭ ކްލެއިމްސްތަކުގެ ސިއްހީދާއިރާއާިއ ގުޅޭ އެންމެހައި ކަންކަން ޗެކްކުރުން.
  2. އާސަންދަ ހެލްތް އިންޝުއަރެންސް އާއިގުޅޭ ކްލެއިމްސްތަކަށް ސިއްހީދާއިރާއާިއ ގުޅޭ ގޮތުން ދޭންޖެހޭ ހިޔާލުތައް ދިނުން.
  3. އާސަންދަ ހެލްތް އިންޝުއަރެންސް އާއިގުޅޭ ކްލެއިމްސް ޑޮކިއުމަންޓްސްތައް ޕްރޮސެސް ކުރުން.
  4. ލިބިފައިވާ ލިޔުންތައްބަލައި، ކްލެއިމްސް ތަކަކީ ރީއިމްބާސް ކުރަންޖެހޭ ނުވަތަ ސެޓްލް ކުރަންޖެހޭ ލިޔުމެއްތޯ ކަނޑައެޅުން.
  5. ހިދުމަތްތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަނެ ޖަވަބުދާރީވުން.
  6. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރ/ޑިޕާޓްމަންޓް ހެޑް އަންގާގޮތެއްގެ މަތިން ކުރުން.

  

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ޑާޓާ އެނަލައިޒް އަދި އިވެލުއޭޓް ކުރަން އެެނގުން.
  3. ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކޮށް ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  5. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް :

- މަހަކު -/15,200 ރުފިޔާ.

- އެޓެންޑަންސް އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 14 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

  

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

06 މާރިޗު 2024
ހޯދާ