ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕީއޭބީއެކްސް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

  • ރެޖިސްޓްރޭޝަން: 12 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

  • ބީލަމަށް ނަން ހުށަހަޅުއްވާ ފަރާތް
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރު ނުވަތަ ރިފަރެންސް އަދި ބީލަމުގެ ނަން

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

  • ބީލަން ހުށަހެޅުއްވުމާއި ހުޅުވުން:  ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 17 މާރިޗު 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00  ގައި ތިރީގައިވާ އެޑުރެހުގައެވެ.

 6 ވަނަ ފަންގިފިލާ ،

އެފް.އެސް.އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.  

06 މާރިޗު 2024
ހޯދާ