ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީގައި ހަރުކުރެވިފައިވާ އޮޓޮމެޓިކް ސްލައޑިންގ ޑޯރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީގައި ހަރުކުރެވިފައިވާ އޮޓޮމެޓިލް ސްލައިޑިންގ ޑޯރގެ ސެންސަރަށް ދިމާވެފައިވާ މައްސަލަ ބަލައި ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)170-PR/170/2024/21 (25 ފެބްރުވަރީ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހާޟިރުވެ އޮޓޮމެޓިލް ސްލައިޑިންގ ޑޯރގެ ސެންސަރ އަށް ދިމާވެފައިވާ މައްސަލަ ބަލަން ބޭނުންވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެވުންއެދެމެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
17 މާރޗް 2024 13:30އަށް |
އަގު ހުށަހެޅުއްވުމުގެ ސުންގަޑި |
18 މާރޗް 2024 13:30 އަށް |
25 ޝަޢުބާން 1445
06 މާރިޗް 2024