މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާސްކެޓްކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާއިން ކުރި ނަންބަރު IUL)283-PS/283/2015/9)ފ(12 މާރިޗު 2015) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ފުނަދޫގައި ޤާއިމުކުރެވޭ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ބާސްކެޓްކޯޓު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 27ވާ ހޯމަދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 2015 މޭ 11ވާ ހޯމަދުވަހުގެ 14:00ގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ 6540052 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ