ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޕްރޮކިއުމެންޓް)

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީއެ.އެސް. 4

މުސާރަ:

6,295.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ލިވިންގ އެލަވަންސް: 3,000.00 ރުފިޔާ

ސަރވިސް އެލަވަންސް: 2,000.00 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އޮފީހަށް ގަންނަން ބޭނުންވާ ތަކެއްޗާއި ހޯދަންޖެހޭ ހުރިހާ ޚިދުމަތެއް ހޯދުމުގެ ކަންތައްތައް މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި އަދި ޓްރައިބިއުނަލްގެ ޕްރޮކިއުމެންޓް ޕްރޮސީޖަރއާ އެއްގޮތަށް ކުރުން
  2. އޮފީހަށް ގަންނަ މުދާ ސިސްޓަމުން ރިސީވްކުރުން
  3. ސޮޓްކޮ ބެލެހެއްޓުމާއި ސޮޓޮކުން މުވައްޒަފުންނާއި ޑިޕާޓްމެންޓްތަކަށް ބޭނުންވާ ތަކެތި ދޫކުރުން.
  4. ޓްރައިބިއުނަލްގެހަރުމުދާ ބެލެހެއްޓުން
  5. އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޢިޢުލާނުކުރުމާއި، މަޢުލޫމާތު ދިނުން އަދި ޕްރޮޕޯސަލް ބަލައިގަނެ މާލިއްޔާތު ޤަވާޢިދާ އެއްގޮތަށް ޕްރޮސެސް ކުރުން
  6. ބިޑް ޕްރޮސެސް ކުރުމަށްޓަކައި އިވެލުއެޓްކުރުމަށްފަހު ބިޑް ކޮމިޓީއަށް ގެންދިއުމަށް ތައްޔާރުކުރުން
  7. ބިޑުކޮމިޓީއިން ގޮތެއް ނިންމުމުން އެނިންމާ ގޮތަކަށް ޢަމަލުކުރުން. މިގޮތުން މަސައްކަތް ޙަވާލުކުރަން ނިންމާ ބައަކާއި އެގްރީމެންޓް ހެދުން އަދި ތަކެތި ގަންނަނަމަ ޕާރޗޭސް އޯޑަރ ޕްރޮސެސްކުރުން
  8. މުދާ އަދި ޚިދުމަތްލިބުމުން އެލިބުނު މުދަލަކީ ނުވަތަ ޚިދުމަތަކީ ޓްރައިބިއުނަލްއާއި އެޚިދުމަތް ދިން ފަރާތާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓްގައިވާ ގޮތަށް ކޮށްފައިވާ މަސައްކަތެއްތޯ ބެލުން އަދި އެލިބުނު މުދަލަކީ ޕާޗޭސް އޯޑަރގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތް މުދާތޯ ޔަގީންކުރުން.
  9. ދިގުމުއްދަތަށް ދެމިގެންދާ އެގްރީމެނޓްތަކުގެ ދަށުން ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި މިފަދަ މަސައްކަތްތައް ކުރުމަށް އެގްރީމެންޓކުރެވޭ ފަރާތްތަކުން މަސައްކަތްތައް އެގްރީމެނޓާއި އެއްގޮތަށް ނުކުރާނަމަ އިދާރީ ޑިރެކްޓަރގެ ސަމާލުކަމަށް ގެނެސް އެފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. އޮފީހުގެ މުދަލުގެ ތެރެއިން ބާވެގެން ނުވަތަ ހަލާކުވެގެން އަދި އެނޫންވެސް ސަބަބަކާހެދި  ނީލަން ކިޔަންޖެހޭ ކަމަށް ފެންނަތަކެތި ނީލަން ކިއުމުގެ މަސައްކަތްކުރުން.
  11. އޮފީސް ޢިމަރާތުގެ އިންފްރާންސްޓްރަކްޗަރއަށް ދިމާވާ މައްސަލަތައް ޢިމާރާތް ކުއްޔައް ދިނުމުގެ އެގްރީމެންޓާއި އެއްގޮތަށް މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
  12. މަސައްކަތުމީހާގެ މަސައްކަތް މޮނިޓަރ ކުރުން.
  13. ޓްރައިބިއުނަލްއިން ކުރަންޖެހޭ ދަތުރުތައް އެރޭންޖްކުރުމާއި ލޮޖިސްޓިކްސް ހަމަޖެއްސުން.
  14. ކައުންޓަރުގައި މަސައްކަތްކުރާ މުވައްޒަފު ބްރޭކަންދާ ވަގުތު އަދި ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ރިސެޕްޝަނުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ޓްރައިބިއުނަލްގެ ޤަވާޢިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް ދިނުން
  15. ފައިނޭންސް އޮފިސަރ އަދި އެޗް.އާރް މަސައްކަތްކުރާ މުވައްޒަފުގެ ހިދުމަތް ނުލިބޭ ޙާލަތްތަކުގައި ފައިނޭންސް އަދި އެޗް.އާރް މަސައްކަތް ކުރުން.
  16. އިދާރިގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ނުވަތަ،

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ،

3. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 (ދެއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގް ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖުމަންޓް
  4. މެނޭޖުމަންޓް
  5. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  6. ހިއުމަން ރިސޯސް މެނޭޖުމަންޓް
  7. ފައިނޭންސް
  8. އެކައުންޓިންގ

މަޤާމުގް މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖުމަންޓް
  3. ހިއުމަން ރިސޯސް މެނޭޖުމަންޓް
  4. ފައިނޭންސް
  5. އެކައުންޓިންގ

 

އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

މަސައްކަތްކުރަންޖެހޭތަން:

މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް،

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު،

3. އައި.ޑީ ކާޑުގެ ކޮޕީ،

4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

 

ޝޯޓްލިސްޓުކުރުން:

  • ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެންނެވެ.

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

 

05 މާރިޗު 2024
ހޯދާ