ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް ސްޕެޝަލިސްޓް – ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކްސް

މަޤާމް: ކޮންސަލްޓެންޓް ސްޕެޝަލިސްޓް – ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކްސް

ބޭނުންވާ ޢަދަދު: 01 ( އެކެއް )  

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (6 މަސް ދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ 

ޑިޕާޓްމަންޓް: މެޑިކަލް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާއި ތަޖުރިބާ: ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ޖޮބް މެޓްރިކްސްގައިވާގޮތުގައިވާ ގޮތުގެމަތިން

މުސާރައާއި ޢިނާޔަތް: ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން

 

މަޤާމަށް ޢައްޔަންކުރާ އިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް:

 

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ބޭސިކް އަދި އިތުރު 1 ކޮލިފިކޭޝަން ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ސިއްޙީ ޙިދުމަތުން ނިޒާމު ބައްޓަން ކުރުމާއި އިތުރަށް ތަރައްޤީ ކުރުމުގައި ބައިވެރިވެ، ފަންނީ ލަފާދިނުން
  • ސްޕެޝަލިސްޓް ޞިއްޙީ ފަރުވާ ބޭނުންވާ ބަލިމީހާގެ ޖިސްމާނީ އަދި ނަފްސާނީ ބަލި ހާލަތު ދެނެގަތުމުގެ ގޮތުން ހަދަންޖެހޭ ފިޒިކަލް އެގްޒެމިނޭޝަންތައް ހެދުން.
  • ބަލިމީހާގެ ޞިއްޙީ ހާލަތު ދެނެގަތުމުގެ ގޮތުން ބަލިމީހާގެ ފަރާތުންނާއި ބަލިމީހާގެ ޢާއިލާ މެންބަރުންގެ ފަރާތުން އިތުރު މަޢުލޫމާތު ހޯދުން.
  • ކުޑަކުދިންގެ ބަލިތަކާއި ގުޅިގެން ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނަށް ފަރުވާ ދިނުން.
  • ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރިވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި ސިއްޚީޕްރޮފެޝަނަލުންނާއި ހިއްސާ ކުރުން.
  • ބަލިމީހާ ރިފަރކުރި އެހެން ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މަޢުލޫމާތު މުރާޖައާ ކުރުން.
  • ސްޕެޝަލިސްޓް ޞިއްޙީ ފަރުވާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހުލީލުތަކުގެ ނަތީޖާއަށް ބަލައި ފަރުވާ ކުރިއަށް ގެންދިއުން. އަދި ފަރުވާގެ ނަތީޖާއަށް ރިޢާޔަތްކޮށް ދެވޭ ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ގެންދިއުން.
  • ބަލިމީހާއަށް ބޭނުންވާ ނަފްސާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ދިނުމާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭނެ ފިޔަވަޅުތަކާބެހޭ މަޢުލޫމާތު ބަލިމީހާއަށް ދިނުން.
  • ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަރާއި މަރުގެ ސަބަބު ކަނޑައެޅުން.
  • ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ޤައުމީ ކާރިސާގެ ވަގުތުތަކުގައާއި ބަލިމަޑުކަމެއް ފެތުރެމުންދާ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިވެރިވުން.

ކުރިމަތިލުމުގެ ސުންގަޑި: 17 މާރިޗް 2024 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

 

  • ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެޓެސްޓް ކޮށްފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ރެޖިސްޓްރޭޝަން އަދި ޕްރެކްޓިސް ކުރުމުގެ އަދާހަމަ ލައިސަންސް  
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

05 މާރިޗު 2024
ހޯދާ