އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
މަސައްކަތް ބާތިލްކުރުން

މި ސްކޫލުގެ އިރުމަތިފަރާތު ފާރު ތަޅައި ސްކޫލުންދޭ ކުރެހުމާ އެއްގޮތައް އަލުން ފާރު ރޭނުމަށް ފަރާތެއް ހޯދުމަށް ބޭނުންވެގެން ގެޒެޓްގައި ޢާއްމުކުރެވުނު (IUL)GS-73/GS-73/2024/7 ނަންބަރު އިޢުލާނަށް ހުށަހެޅިފައިވާ އަންދާސީ ހިސާބުތައް ސްކޫލުން ބަޖެޓްކޮށްފައިވާ އަދަދާއި ބޮޑުތަނުން ބޮޑުވެފައިވުމުން އެ އިޢުލާންއާއި ތިރީގައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

  • މީމް އިންވެސްޓްމެންޓް
  • މޮޑަރން ކާޕެންޓްރީ

 އަދި މި މަސައްކަތުގެ އިޢުލާން އަލުން ގެޒެޓްގައި ޢާއްމުކުރައްވާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ފޯނު 6842755 އަށް ގުޅުއްވުން އެދެމެވެ.

06 ފެބުރުވަރީ 2024
05 މާރިޗު 2024
ހޯދާ