ދިވެހިރާއްޖެ
ހދ. ނޭކުރެންދޫ ތަކުރުފާނު ހިނގުމުގައި ހުރި ރުއްގަސްތައް ނަގައި އެ މަގު ސާފުކޮށްދިނުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަޢުލޫމާތު ދިނުން |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 07 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
07 މާރޗް 2024 ން 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ދޫކުރެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނިއެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
މި ބައްދަލުވުން އޮންނާނީ 19 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ. |
ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.