ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
މިސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މިސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ކ. ގުރައިދޫ ސްކޫލް މަރާމާތުކުރުމަށް ކުރި އިޢުލާން ( ނަންބަރ: GS145/HR/IUL/2024/005) ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އާއްމުކޮށް އިއުލާން ކުރަމެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  06 މާރިޗް 2024 އިން 11 މާރިޗް 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

 

- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން

- ރަޖިސްޓްރީ ނަންބަރު

- އީމެއިލް އެޑްރެސް

- ގުޅޭނެ މޯބައިލް ނަންބަރު

  • މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 މާރިޗް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކ.ގުރައިދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  • ބިޑް ހުޅުވުން އޮންނާނީ  18 މާރިޗް 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ކ.ގުރައިދޫ ސްކޫލް އޮފީހުގައެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

ގުރައިދޫ ސްކޫލް

ކ.ގުރައިދޫ

ފޯން:  6640574

އީ-މެއިލް: [email protected]

05 މާރިޗު 2024
ހޯދާ