މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން.

އިޢުލާން

 

ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަދުވަހުގެ ނިޔަލަށް:

ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތައް.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް.

9:30 އިން 16:30 އަށް

20:00 އިން 6:00 އަށް

6:00 އިން 9:30 އަށް

16:30 އިން 20:00 އަށް

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް:

ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތައް.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް.

6:00 އިން 16:30 އަށް

20:00 އިން 6:00 އަށް

16:30 އިން 20:00 އަށް

މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 5/2009(އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިންބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާ އިންޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. ވުމާއެކު، ހުރިހާފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށްއަންގާ އިޢުލާނުކުރީމެވެ.

23 ޝަޢުބާން 1445

04 މާރިޗު   2024

04 މާރިޗު 2024
ހޯދާ