ދިވެހިރާއްޖެ
(IUL)438-WMPC/438/2024/75:ނަމްބަރު
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް - މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ މަސައްކަތް އިމްޕްލިމެންޓްކުރުމަށް ކޮމިޔުނިކޭޝަން ސްޕެޝަލިސްޓްއެއް ހޯދުމުށް- އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު- ދެވަނަ އިއުލާން
ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ މަސައްކަތް އިމްޕްލިމެންޓްކުރުމަށް ކޮމިއުނިކޭޝަން ސްޕެޝަލިސްޓްއެއްގެ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުށް ކުރެވުނު ނަންބަރު (IUL)438-WMPC/438/2024/28 އިއުލާނަށް އެއްވެސް ފަރާތަކުން އީ.އޯ.އައި ހުށަހަޅާފައިނުވެއެވެ. އެހެންކަމުން މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ތާވަލުގައިވާނެއެވެ.
ނަން |
ބޭނުންވާ ޢަދަދު |
މުއްދަތު |
މަހު މުސާރަ |
ކޮމިއުނިކޭޝަން ސްޕެޝަލިސްޓް- އެސް.ޔޫ.ޕީ ފޭސްއައުޓް ޕްލޭން |
1 |
6 މަސް |
25،000 (ދިވެހިރުފިޔާ) |
ކޮމިޔުނިކޭޝަން ސްޕެޝަލިސްޓްގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން އާއި މެދު އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ކޮމިއުނިކޭޝަން މެޓީރިއަލް ތައްޔާރުކުރުމާއި، އެވެއަރނެސް ކެމްޕެއިން ރާވާހިންގުން ހިމެނެއެވެ. އަދި ވޭސްޓް ޑިޕާރޓްމެނެޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓުން ރާވާ ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުން ހިމެނެއެވެ. އިތުރު މައުލޫމާތު ޓީ.އޯ.އާރު ގައި ތަފްސީލު ކުރެވިފައިވާނެއެވެ.
މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ 4 ވަނަ ނަންބަރުގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ 8 ވަނަ ނަންބަރުގައި ވާނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
- އެޕްލިކަންޓްގެ ވަނަވަރު، ވަނަވަރުގައި މަސައްކަތުގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތައް ބޭނުންވާ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭފަދަ ލިޔެކިޔުމުގެ އިތުރުން މިފަދަ އެސައިންމެންޓްތައް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- މަދުވެގެން 3 ފަރާތަކުން ހޯދާފައިވާ މަސައްކަތް ނިމުނުކަމުގެ ރެފެރެންސް ލިޔުން ހުށަހަޅަންވާނެއެވެ.
- މީގެ އިތުރުން ނިންމާފައިވާ މިފަދަ ޑިޒައިންތަކުގެ މަސައްކަތާއި، ލިޔެފައިވާ ކޮންޓެންޓް ޑިވެލޮޕްކުރުމުގައި ހިމެނޭ އެޕްލިކަންޓްގެ ރޯލް ބަޔާންކޮށް ހެދިފައިވާ ޕޯޓްފޯލިއޯ އެއް ހުށަހަޅަންވާނެއެވެ.
މި މަސައްކަތައް ޕްރޮޕޯޒަލް ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ
މި މަޤާމަށް ކަނަޑައެޅިފައިވާ އުޖޫރަ މަތީގައިވާ ތާވަލުގައިވާނެއެވެ. މީގެ އިތުރުން، އެހެން އެއްވެސް ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 މާރިޗް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވ.
Email subject: “Expression of Interest - Communications Specialist-SUP”
އެޑްރެސް:
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ގްރީން ބިލްޑިންގް/ މާލެ، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ފޯނު ނަންބަރު: 3018300