ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

 

               ތިނަދޫ ސިޓީން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ބިމަށް އެދި A, B, C ކެޓަގަރީން ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. އަދި މި ލިސްޓް މި އިދާރާގެ ނޯޓިސް ބޯޑްގައި ވެސް ބެހެއްޓިފައިވާނެއެވެ.

               ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު، 31 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން މި އިދާރާގެ ކައުންޓަރަށް ނުވަތަ މި ކައުންސިލްގެ މުނިސިޕަލް އީމެއިލް: [email protected] އަށް މެއިލްކުރައްވައި ޝަކުވާފޯމު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރެއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މި އިޢުލާނާއެކު އާންމުކުރެވިފައިއެވަނީއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

               ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައެވެ.  

               ވީމާ، މިކަން އާންމުކޮށް އިޢުލާންކުރަމެވެ.

04 މާރިޗު 2024
ހޯދާ