މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެންޗު ގޮނޑި ހޯދުން

 

     ކ.ގުޅީ ބަނދަރު ޒީނަތްތެރި ކުރުމުގެ ގޮތުން، ބަނދަރުގައި ބަހައްޓާނެ 20 ބެންޗު ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ތަން

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުޅީ ކައުންސިލް އިދާރާ

7 މާރިޗު 2024

ބުރާސްފަތި

09:30

އަންދާސީ ހިސާބު ހުށަހެޅުން

ކ.ގުޅީ ކައުންސިލް އިދާރާ

12 މާރިޗު 2024

އަންގާރަ

09:30

 

     މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި  ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 4 މާރިޗު 2024 ން 07 މާރިޗު 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

    އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަވެސް ދަންވަމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުވުމަށް ދަންނަވަމެވެ. 

04 މާރިޗު 2024
ހޯދާ