އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިއުން
ބައު ތަކެތި ނީލަން ކިއުން:
މި އިދާރާގެ ނަންބަރު: (IUL)234-A/234/2024/5 (21 ފެބްރުއަރީ 2024) ގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިއިދާރާއާއި، އަތޮޅުގޭގައި ބޭނުންކޮށް ބައުވެފައިހުރި ތަކެއްޗާއި، ގިނަދުވަސް ވެފައި ހުރި ތަކެތި ނީލަންކިއުމުގެ ފުރުތަމަ ބުރުގައި ހުރިހާތަކެތީގެ ނީލަން ކިޔުން ބޭއްވިފައިނުވާތީ، ނީލަން ކިޔުމުގެ 02 ވަނަ ބުރު 2024 މާރިޗު 08 ވާ ހުކުރު ދުވަހު ހަވީރު 4.00 ގައި އަތޮޅުގޭ އުތުރުފަރާތު ގޯތި ތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މައިގަނޑުތަކެތި:
މައިގަނޑު ތަކެތީގެ ތެރޭގައި ލަކުޑި މޭޒު، އަލަމާރި، ކޮމްޕިއުޓަރ ސިސްޓަމުގެ ބައިތަކާއި އޭސީގޭ ބައިތައް، އަދި ސޯފާސެޓް، އަވަނާއި ފުރިޖްފަދަ ތަކެތި ހިމެނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 މާރިޗު 2024
ހޯދާ