މަޤާމު
|
ސީނިއަރ ސްޕަވައިޒަރ
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން
|
ރޭންކް
|
ޖީ.އެސް 4
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
|
މުސާރަ
|
-/5,020 ރ.
|
ސާރވިސް އެލަވަންސް: -/1,500 ރ.
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- މިނިސްޓްރީގައި ކޮންޓްރެކްޓް ކޮށްގެން ކުރަމުންދާ އެންމެހައި މަސައްކަތްތައް ސްޕަވައިޒްކޮށް މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ކަމާބެހޭ މުވައްޒަފަށް ދިނުން.
- އިސްލާމީ މަރުކަޒުގައި ދުވަހުން ދުވަހަށް ކުރެވޭ ފޮޅައި ސާފުކުރުމުގެ މަސައްކަތްތައް ސްޕަވައިޒް ކުރުން.
- އިސްލާމީ މަރުކަޒުގައި ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީ ޝެޑިއުލް ތައްޔާރުކުރުން.
- މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ މިސްކިތްތަކުގެ އިމާމުން ސްޕަވައިޒްކުރުމާއި މިސްކިތަށް ދިމާވާ މައްސަލަތަށް ފާހަގަކޮށް އެކަން ރިޕޯޓްކުރުން.
- މިނިސްޓްރީން ހިންގާ އެކި އެކި ޕްރޮގްރާމްތަކުގައި އެޑްމިނިސްޓްރޭޓިވް ޔުނިޓުން ކުރަންޖެހޭ ސުޕަރވައިޒިން މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަންއަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ. ރަސްމީ މަސައްކަތް ވަގުތަކީ 08:00 ން 15:00 އަށެވެ. މީގެ އިތުރުން ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ނުކުންނަން އަންގައިފިނަމަ ނުކުތުން. (ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ އިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަށެވެ.
|
ސުންގަޑި
- 23 އޭޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
- މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
- މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|