ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ 3ވަނަ ވޮލީބޯޅަ މުބާރާތް (ކުޑަހުވަދޫ ކައުންސިލް ވޮލީ ބޯލް ޗެލެންޖް 2023) މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެޖިންސައްވެސް އިތުރު ކުރަމެވެ. މުބާރާތް ފަށާނީ 2024 މާރޗް 15 ވަނަ ދުވަހުގައެވެ. މި ފުރުޞަތުގައި، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2024 މާރޗް 09 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ޓީމުތަކަށެވެ. ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑިއަކީ 2024 މާރޗް 10 ވަނަ ދުވަހުގެ 14:00އެވެ. ޓީމް ރަޖިސްޓްރީ ކުރާ ފަރާތަށް ޓީމް ލިސްޓްފޯމް ފޮނުވޭނެއެވެ. ޓީމް ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ، 2024 މާރޗް 10 ވަނަ ދުވަހުގެ 14:00އެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ލިންކް މި އިޢުލާނާއި މިއިދާރާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މުބާރާތުގެ ޤަވާއިދުގެ ލިންކް މިއިޢުލާނާއި އެކު ޙިއްސާކުރެވިފައިވާނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ލިބޭ ފައިސާގެ ޢިނާމާއި ޓްރޮފީއާއި ޝީލްޑް އަދި މެޑެލްގެ މަޢުލޫމާތު ޤަވާއިދުގައި ހިމަނާފައިވާނެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00 (އެއްހާސްރުފިޔާ) ފީއެއް ދައްކަންވާނެއެވެ. ފީ ޓްރާންސްފަރ ކުރައްވާނީ، މިއިދާރާގެ REVENUE 1 7730000135156 އެކައުންޓަށެވެ.
ގޫގުލްފޯމް ލިންކް: https://forms.gle/BYXEqUnPZauCwzYg7
ޤަވާއިދުގެ ލިންކް: https://drive.google.com/drive/folders/1sWNwulE9vOQCN0rszgAZQli7rwU5mHJx?usp=sharing