ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 215 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް، މި ކައުންސިލްގެ ނަންބަރ (IUL)270/270/2024/21 އިޢުލާނާއިއެކު ވާނީ އާއްމު ކުރެވިފައެވެ. ގޯތި ލިބޭ ފަރާތްތަކަށް، ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ވީމާ ގޯތި ލިބޭ ފަރާތްތަށް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުމުގެ ބައްދަލުވުން އަދި ވަގުތީ ރަޖިސްޓްރީ ހަވާލުކުރުމުގެ ރަސްމިއްޔާތު، 2024 މާރިޗު 7 ވާ ބުރާސްފަތި ދުވަހުގެ 12:45 ގައި މަކުނުދޫ ޔޫތް ސެންޓަރުގައި އޮންނާނެއެވެ.
މި ބައްދަލުވުމަށް ހާޟިރުވާއިރު ފޯމް ހުށަހެޅި ފަރާތުގެ އައިޑީކާޑުހިފައިގެން ހާޟިރުވުމަށް ދަންނަވަމެވެ. ގުރުއަތުލުމަށްހާޟިރު ނުވެވޭނަމަ، ބަދަލުގައި ގުރުއަތު ނެގުމަށް ހާޟިރުވާ ފަރާތުގެ މަޢުލޫމާތު، އައި.ޑީ ކާޑު ކޮޕީއާއެކު، 2024 މާރިޗު 6 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ލިޔުމުން ބާރުދީފައިވާކަމުގެ ލިޔުން މި އިދާރާއަށް ހުށައެޅުމަށް ދެންނެވީމެވެ. އަދި ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޟިރުނުވާނަމަ، ގުރުއަތު ނަގާނީ ކޮމެޓީއިން ފާސްކުރާ ތަރުތީބަކުން ކޮމެޓީގެ މެންބަރުންނެވެ. މިގޮތުން، މި ބައްދަލުވުމުގެ ތެރެއިން ގުރުއަތުން ލިބޭ ގޯތި، ވާހަކަ ދައްކައިގެން ބަދަލުކުރުމަށް 1 ގަޑިއިރުގެ ވަގުތު ދެވޭއިރު، ކޮމެޓީގެ މެންބަރުން ގުރުއަތުން ނަގާ ގޯތި، ބަދަލުކުރުމުގެ ފުރުސަތު ނޯންނާނެކަންވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މި ބައްދަލުވުމަށް ގޯތިލިބޭ ފަރާތް ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތް ހާޟިރުނުވާ ފަރާތްތަކުގެ ވަގުތީ ރަޖިސްޓްރީ، ރަސްމިއްޔާތައްފަހު މަކުނުދޫ ކައުންސިލް އިދާރާއިން ދޫކުރާނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.