ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މައިކްރޯސޮފްޓް ޑައިނަމިކްސް 365 ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                    

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                     

                                                                       ނަންބަރު:  H/IUL/2024/70

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ތިރީގައި ދެންނެވިފައިވާ ސޮފްޓްވެއަރ ލައިސަންސްތައް މި ކުންފުންޏަށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

Item

Description

Qty

1

Dynamics 365 Business Central Team Members

*Subscription: 1 Year (from 26th May 2024)

200 Nos

2

Dynamics 365 Business Central Essential

*Subscription: 1 Year (from26th May 2024)

270 Nos

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތެއް ކޮށްފައިވާ ފަރާތްތަކަށެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2024 މާރިޗު 4 އިން 2024 މާރިޗު 18 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2024 މާރިޗު 4 އިން 2024 މާރިޗު 18 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2024 މާރިޗު 19 (އަންގާރަ)

9:30 ގައި

އަގު ހުށަހެޅުން

2024 މާރިޗު 26 (އަންގާރަ)

10:30 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

23 ޝަޢުބާން 1445

04 މާރިޗު 2024

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 
04 މާރިޗު 2024
ހޯދާ