ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދަން

1.5 ޓަނުގެ ޕިކަޕެއް ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ: 

މިއިދާރާއަށް ޕިކަޕެއް ގަތުމަށް ކުރި ނަންބަރު IUL)442-EDSS/442/2015/25) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ދެފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. ވީމާ، ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާގެ 6860505 ނަންބަރު ނުވަތަ 9940505 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:00އަށް މިއިދާރާއަށް ބީލަން ހުށަހަޅާ ފޯމާއެކު ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ބީލަންތައް ފޮނުއްވާނީ އީމެއިލުން ނަމަ [email protected] އަށް ނުވަތަ މިއިދާރާއަށް ވަޑައިގެންނެވެ. މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:

  • 1.5 ޓަނުގެ ޕިކަޕެއް
  • މިހާރުވެސް ދުއްވޭ ހާލަތެއްގައި ހުރުން (އުފައްދާ ތާރީޚުން ފެށިގެން 05 އަހަރު ނުވާ)
  • ފަހަތުގައި 04 ފޮރޮޅުލީ ޕިކަޕެއްކަމުގައި ވާންވާނެއެވެ.
  • ޓޮޔޯޓާ ނުވަތަ މަޒްޑާ ބްރޭންޑުން ކުރެ ބްރޭންޑެއްކަމުގައި ވާންވާނެއެވެ.
  • ޕިކަޕް ޏ.ފުވައްމުލަކާ ހަމަޔަށް ގެނެސްދިނުމަކީ ޕިކަޕް ވިއްކާ ފަރާތުގެ ޒިންމާއެކެވެ.

މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގު: %70 މިބަޔަށް މާކްސް ދެވޭނީ ހުށަހެޅޭ އެންމެ ހެޔޮ އަގު އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެންނެވެ.
  • މުއްދަތު: %10 މިބަޔަށް މާކްސް ދެވޭނީ ހުށަހެޅޭ އެންމެ ކުރުމުއްދަތު އެއީ ބެންޗްމާކް ކަމުގައި ބަލައިގެންނެވެ.
  • ޕިކަޕްގެ ކޮލިޓީ: %20 އެންމެ ރަނގަޅު ކޮލިޓީ ޕިކަޕަށް 20 އިންސައްތަ މާކްސް.
 

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ