މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އީކޮމާރސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ އީކޮމާރސް އޮފިސަރ

ބޭނުންވާ އަދަދު:

01 ( އެކެއް )

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/6500 ރުފިޔާ ( ހަހާސް ފައްސަތޭކަ ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ (ތިން ހާސް ރުފިޔާ)
 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އޭދަފުށި

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • ޖީ.ސީ.އީ  އޭލެވެލް އިން ބިޒްނަސް މާއްދާއިން  ފާސްވުމާއިއެކު ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން ނުވަތަ
 • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު  މަސައްކަތު ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

 

 • އަތޮޅު އަދި ރަށުފެންވަރުގައި ތަކެތި އުފައްދާފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޕޯސްޓުގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްއާއި ބެހޭ މައުލޫމާތުދިނުމާއި އެފަރާތްތައް ކޮމިއުނިޓީ އޮންލައިން ޝޮޕްއަށް އޮންބޯޑުކުރުމުގެ މަސައްކަތްކުރުން.
 • ރަށު ކައުންސިލްތަކާއި ރަށްރަށުގެ އެކި މުއައްސަސާ ޖަމްއިއްޔާ، ކޯޕަރޭޓިވްސްތަކާއި ބައްދަލުކޮށް އީޓުކުރީގެ ޙިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރެވޭނެ ކަންކަން ދެނެގަތުން. އަދި އެފަރާތްތަކާއި ރަގަޅު ބަދަހި ގުޅުންގާއިމް ކުރުމަށް މަސައްކަތް ކުރުން.
 • ކޮންމެ ރަށެއްގައިވެސް ގާއިމް ކުރެވިފައިވާ ކޮމިއުނިޓީ އޮންލައިންޝޮޕް މެނޭޖްކޮށް އަދި އަތޮޅު ޕޯސްޓް އޮފީސްތަކުގެ ފަރާތުން އީޓުކުރީގެ  އެންމެހައި އޮޕަރޭޝަންތަށް ބެލެހެއްޓުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • އިޖުތިމާއީ ކަންކަމުގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތް ކޮށްފައިވުން
 • ރަށުންބޭރުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
 • ދަތުރުފަތުރު ކުރެވޭފަދަ ސިއްހީ ގާބިލްކަށް ހުރުން
 • ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
 • މައިކްރޯސޮފްޓް އެކްސެލް  އަދި ޕަވަރޕޮއިންޓް ބޭނުންކުރަން އެގުން
 • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
 • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
 • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
 • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
 • ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން

 

ރަސްމީ މަސައްކަތު ގަޑި:

 • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

 • ވަޒީފާއަށްއެދޭ ފޯމް
 • ވަނަވަރު (ސީވީ)
 • އައިޑީ ކާޑުގެ ކޮޕީ
 • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
 • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

 • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މށިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 5 މާރޗް 2024ވާ އަންގާރަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 5 މާރޗް 2024ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  އޭދަފުށިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
03 މާރިޗު 2024
ހޯދާ