މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ފުވައްމުލައް އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ 

ޕްރޮޖެކްޓް ނަންބަރު:  PC-942024W-08 

  1. މޯލްޑިވްސް އިމިގްރޭޝަން ފުވައްމުލައް އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  
  2.  މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 03 މާރިޗު 2024ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 07 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.   
  4. ބީލަން ހުށައެޅުން އޮންނާނީ 13 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ، 1ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.   
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476, +960 3330470

އީމެއިލް  : [email protected]

ކޮޕީ    : [email protected]

03 މާރިޗު 2024
ހޯދާ