ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓަށް ޗެކްޑް ބެގޭޖް ސްކްރީނިންގ މެޝިން ހޯދުމާބެހޭ
ފުވައްމުލަކު އެއަރޕޯޓަށް ޗެކްޑް ބެގޭޖް ސްކްރީނިންގ މެޝިނެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު IUL)448-ASS/1/2015/33) އަށް އަގު ހުށަހަޅާފައިވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
23 ޖުމާދަލްއާޚިރާ 1436