މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމްޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން ބޭއްވޭ މަސްރޭސް

އިޢުލާން

ރަމްޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން ބޭއްވޭ މަސްރޭސް

                1445 ވަނަ ރަމްޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ހުރިހާ މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން  އުނގޫފާރު ކައުންސިލާއި އުނގޫފާރު ޕޮލިސްޓޭޝަން ގުޅިގެން އުނގޫފާގައި ދިރިއުޅޭ 18 އަހަރުން މަތީގެ ދެޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށް މަސްރޭހެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

                މި މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 މާރިޗް 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.   

01 މާރިޗު 2024
ހޯދާ