ދިވެހިރާއްޖެ
(IUL)38-AC/38/2024/194 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ ތާރީޚު ބަދަލުވުން
.އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ (IUL)38-AC/38/2024/106 މި ކޮމިޝަނުގެ ނަންބަރު
ޤާނޫނު ނަންބަރު 11/2008، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ތަސްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން، ޙަވާލާ ދެވިފައިވާ އިޢުލާނުން 2024 މާރިޗު 17 ގައި ބޭއްވުމަށް އިޢުލާނު ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން، 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
މި އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 އެޕްރީލް 28 ވާ އާދިއްތަ ދުވަހުއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.