މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމުން ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާމެދު ޝަކުވާ ހުށަހެޅުން.

                 މި އިދާރާގެ ނަންބަރު (IUL)301-PJ/301/2023/46 22 އޮގަސްޓް 2023 އިޢުލާނަށް އިޖާބަދީ މިރަށުން  ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް  އެވަލުއޭޓް ކުރުމަށްފަހު ލިބިފައިވާ ޕޮއިންޓް ހިމެނޭ ވަގުތީ ލިސްޓް މި އިޢްލާނާއެކު އާއްމުކުރީމެވެ.

                  ވީމާ، އާންމުކުރެވުނު ލިސްޓާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ 03 މާރޗް 2024ން ފެށިގެން 12 މާރޗް 2024 ވާ  އަންގާރަ ދުވަހުގެ 13:00 ދެމެދު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާހުށަހަޅާނީ އެކަމަށް ޙާއްސަކުރެވިފައިވާ ފޯމު "ރ. އަނގޮޅިތީމުން ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާއިމެދު ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

                   ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.              

29 ފެބުރުވަރީ 2024
ހޯދާ