ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މަޤާމް

އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް

MS 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  /  އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/6295 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން

ލީގަލް އެންޑް ފައިނޭންސް

ސެކްޝަން/ ޔުނިޓް

ފައިނޭންސް

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

- ބަޖެޓް ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

- އާމްދަނީއަށް ލިބޭ ފައިސާ، ދުވަހުން ދުވަހަށް ޖަމާވޭތޯ ބަލައި، އެކަން ކުރުވުން.

- އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން އާމްދަނީއަށް ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް، ކަމާބެހޭ ފަރާތަށް މުއްދަތަށް ފޮނުވޭތޯ ބަލައި، އެކަން ކުރުވުން.

- ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.

- ފައިސާ ޚަރަދުކުރުމުގައި މެނޭޖްމެންޓަށް އިރުޝާދުދިނުން.

- ޞިއްޙީ މަރުކަޒުތަކުން ހޮސްޕިޓަލަށް އާމްދަނީއަށް ލިބޭ ފައިސާ، މަސްނިމުމުން އާމްދަނީ އެކައުންޓަށް ޖަމާކުރެވޭތޯ ބަލައި، ޤަވާއިދާ އެއްގޮތަށް އެކަން ހިނގާތޯ ބެލުން.

- ހޮސްޕިޓަލުން ދެވޭ އަގުނަގާ ޚިދުމަތްތަކުގެ ތެރެއިން އަގުނަގާ ޚިދުމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލައި، ޤަވާއިދާ އެއްގޮތަށް އެކަން ހިނގާތޯ ބެލުން.

- ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި، ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ޚަރަދުތައް ކުރުމާއި، ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސްޕަވައިޒްކޮށް ހެދުން.

- ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި ޢިނާޔަތްތައް، ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް  ޗެކްކުރުމާއި، އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ދިނުން.

- ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި ޢިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަފްޞީލް ފޮނުވާތޯ ބަލައި، ފައިސާ ހޯދުމަށް މަސައްކަތް ކުރުން.

- ބޭންކް އެކައުންޓްތައް ރަނގަޅަށް ބަލަހައްޓަމުންދޭތޯއާއި، ބަޖެޓް ފައިސާއާއި ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ނިންމަމުންދޭތޯ ބަލައި އެހީތެރިވުން.

- ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓައި، ބިލްތަކާއި ޚަރަދު ބައިތައް ރަނގަޅުތޯ ބަލައި، ވައުޗަރުގައި ސޮއިކުރުވުން.

- ތިޖޫރީގައި ހުންނަ ފައިސާއާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުވުން.

- ކަނޑައެޅިފައިވާ މުއްދަތަށް ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުވުމާއި، ކަމާބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން.

- ލިބިފައިވާ ބަޖެޓާ އެއްގޮތަށް ޚަރަދުތައް ކޮންޓްރޯލްކުރުމަށް ބާރުއަޅައި މަސައްކަތް ކުރުން.

 

ޝަރުޠު

އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންޓްސްގެ ދާއިރާއެއްގައި 04 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ                                                                                     

އެކައުންޓްސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެކައުންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

އެކައުންޓްސް  ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

އެކައުންސްޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ

ޤާބިލްފަރާތެއް ހޮވުމަށް  

ބެލެވޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞުލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން. (މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/25ރުފިޔާ ލިބޭނެއެވެ).

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. 1.  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. 2.  ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،   

   އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  1. 3.  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (އެކްރެޑިޓް ކޮށްފައިވާ

   ސެޓްފިކެޓް ނުވަތަ  ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ

   ކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް ނުވަތަ  ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއިއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).

ސުންގަޑި

26 އޭލްރިލް 2015 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް

އިންޓަރވިއު އޮންނާނެ

ތާރީޚާއި ތަން:

 މޭ މަހުގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި

 ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް

 ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ރަސްމީގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6885046، 6885045 އެވެ. ވަޒީފާއަށް އެދޭ ފޯމް ހިތަދޫ

ރީޖަނަލް ހޮސްޕިޓަލް، ހުޅުމީދޫ ޞިއްޙީމަރުކަޒު، ފޭދޫ ޞިއްހީމަރުކަޒު، މަރަދޫ ޞިއްޙީމަރުކަޒު މިތަންތަނުން ލިބެންހުންނާނެއެވެ.

                                   16 އޭޕްރިލް 2015

16 އޭޕްރިލް 2015
ހޯދާ