ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތީ ދޫކުރުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު:D-381/IUL/2022/59(30އޯގަސްޓް 2022) ގެ އިޢުލާނާގުޅޭ:.

ކުޑަހުވަދޫ  ދިރިއުޅުމަށްޓަކައި   ބަންޑާރަގޯތި   ދޫކުރުމަށް   ކޮށްފައިވާ   މިއިދާރާގެ  ނަންބަރު: D-381/IUL/2022/59 ( 30 އޯގަސްޓް 2022) ގެ އިޢުލާނާ ގުޅިގެން، ގޯތި ލިބިފައިވާ ފަރާތްތަކުގެ (ގުރުއަތުން ގޯތިލިބިފައިވާ ފަރާތްތައް) ތެރެއިން، ގޯތިދޫކުރުމަށް އާއްމުކޮށްފައިވާ ގައިޑްލައިންގެ 7ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަކުރަންޖެހޭ ފަރާތްތަކުން، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔުންތައް ކަމާގުޅޭ ޢިދާރާއަކަށް ހުށަހެޅިކަން އަންގައިދޭ ލިޔުން  2024 އޭޕްރީލް 25 ވަނަ ދުވަހުގެކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

* ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެއްމެދުގޯއްޗެއް އެމީހެއްގެނަމުގައި ރަޖިސްޓަރީ ވެފައިވާނަމަ ނުވަތަ ލިބިފައިވާނަމަ އެތަނެއް  ގައިޑްލައިނާ އެއްގޮތަށް ދޫކޮށްލުމަށް ޝަރުޢީކޯޓަކަށް ހުށައެޅިކަން އަންގައިދޭ ކޯޓުގެ ރަސްމީ ލިޔުން،

 

* ރާއްޖޭގެ އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ފުލެޓު، ރޯހައުސް، ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް

ފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި، ނުވަތަ ލިބިފައިވާ ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައި ވާނަމަ، ގައިޑްލައިނާ އެއްގޮތަށް ދޫކޮށްލުމަށް ނުވަތަ އެފަދަ އެއްބަސްވުމެއް އުވާލުމަށް ގޯތިލިބުނު ފަރާތުން، އެބޯހިޔާވަހިކަމެއް ދޫކުރި ފަރާތަށް ނުވަތަ ޝަރުއީކޯޓަކަށް ހުށަހެޅިކަން އަންގައިދޭ ރަސްމީ ލިޔުން،

 

* ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި/ލިބިފައިވާބައި  ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުމަށް ޝަރުޢީކޯޓަކަށް ހުށައެޅިކަން އަންގައިދޭ ކޯޓުގެ ރަސްމީ ލިޔުން،

 

* ދިރިއުޅުމަށްޓަކައި ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ބަންޑާރަ ގޯއްޗެއްނަމަ، ގައިޑްލައިނާ އެއްގޮތަށް ދޫކޮށްލުމަށް، އެރަށެއްގެ ރަށުކައުންސިލަށް ހުށަހެޅިކަން އަންގައިދޭ ކައުންސިލްގެ ރަސްމީ ލިޔުން،

 

                  ވީމާ ދަންނަވަމެވެ. މިދެންނެވި މުއްދަތުގައި ލިޔުން ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމެއްނެތި މިހާރު ލިބިފައިވާގޯތި ވަކިކުރެވޭނެކަމަށާއި، މުއްދަތުގެ ފަހުން ހުށަހަޅާ ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިއިޢުލާން އާއްމުކޮށް، މިއިދާރާގެ ނަންބަރު:D-381/IUL/2023/78 ( 25 އޮކްޓޯބަރ 2023) ގެ އިޢުލާން ބާޠިލް ކުރިކަންއާއްމުކޮށް އަންގަމެވެ.

29 ފެބުރުވަރީ 2024
ހޯދާ