ދިވެހިރާއްޖެ
މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ މެހުމާނީ އުފާ ( ޓީޗަރުންތިބޭގެ ) ގެ 1 ކޮޓަރީގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރައިގެ ނަންބަރ : (IUL)317/317/2024/19 ( 22 ފެބްރުއަރީ 2024 ) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ މަތީގައި ދެންނެވިފައިވާ އިޢުލާނު ބާޠިލުކޮށް ދެވަނަފަހަރަށް ފުރުސަތު ހުޅުވާލަމެވެ
ވީމާ، މިދެންނެވި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާރީޚުގައި މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، ކަނޑައެޅިފައިވާ ތާރީޚުގައި ، މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
05 މާރިޗް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި |
10 މާރިޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފަކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް އަދި ކުންފުނި / ވިޔަފާރި / އިންވެސްޓްމަންޓްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މީގެއިތުރުން ކުންފުނި / ވިޔަފާރި / އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފާރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ފޮޓޯކޮޕީ ، އަދި ކުންފުނީގެ ބޯޑްމެންބަރެއްކަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ކުންފުނިން ހުއްދަ ދީފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެވެ. ފޯނުގެ ޒަރިއްޔާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންނެތި މަޢުލޫމާތު ސާފު ކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމުގަޔާއި އަންދާސީ ހިސާބު ހުށަހަޅާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.
މަތީގައި ދެންނެވިފައިވާ އެއްވެސް ލިއުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބާއި ، އީމެއިލްއާއި ފެކްސް މެދުވެރިކޮށް މިއިދާރާއަށް ފޮނުވާ އަންދާސީ ހިސާބުތަކުގެ އިތުރުން މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
މިބީލަމުގައި ބައިވެރިވެވޭނީ :
1- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
2- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
3- ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތައް.
4- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.