ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ރަމަޟާންމަހު ތަރާވީހު ނަމާދުކުރާ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

 

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

1445 ވަނަ އަހަރު ރަމަޟާންމަހު ތަރާވީހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ ހުރުމާއި ކެއުން އަދި ދަތުރު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. )1 ވަނަ އިޢުލާން)

 

        

1445 ވަނަ އަހަރު ރަމަޟާންމަހު ތަރާވިހު ނަމާދު ކުރުމަށް ގެންނަ ހާފިޡުގެ 30 (ތިރީސް) ދުވަހުގެ ހުރުމާއި ކެއުން ޒަމާނާއިގުޅޭ ރަގަނޅު ފެންވަރެއްގައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި އިމާމު ކައްދޫއިން ކުނަހަންދޫއަށްގެނައުމާއި ރަމަޟީންމަސް ނިމުމުން ކުނަހަނއްދޫއިން ކައްދޫއަށް ގެންދިއުން ހިމަނައިގެންނެވެ. ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 މާރޗް 2024 ވާ ހޯމަ ދުވަހުގެ 13:00ށް، މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅަންވާނީ ބަނދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިއިދާރާގެ ނަންބަރު  9995970 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށް ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާނުކުރީމެވެ.

 

18 ސައުބާން  1445

28  ފެބްރުއަރީ  2024

28 ފެބުރުވަރީ 2024
ހޯދާ