ދިވެހިރާއްޖެ
ިޢުލާން
ހުރާ ކައުންސިލްގެ 01 ވަނަ ރަންތާޖު ޤުރުއާން މުބާރާތް:
މިކައުންސިލުން ރަށު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ޤުރްއާން މުބާރާތް "ހުރާ ކައުންސިލްގެ 1 ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2024" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ހުރާގައި ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައި ދިނުމާއ، ޤުރްއާން ތަރްތީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމާއި. ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމެވެ.
މިމުބާރާތް ބޭއްވުމަށް މިކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ކޮށްދޭން ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާންކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި ޙަވާލުކޮށްގެ ކުރިއަށްދާ ގޮތަށެވެ. ވީމާ، ކ.ހުރާ "ރަންތާޖު" ޤުރްއާން މުބާރާތް ބޭއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗް 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ހުރާ ކައުންސިލް އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ފިތުރޯނުމަގު، ކ. ހުރާ
ފޯން : 6640074
އީމެއިލް: [email protected]