ދިވެހިރާއްޖެ
ނަންބަރު: (IUL)258/258/2024/26
އިޢުލާން
2024 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުން.
މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން، ކަނބަލުންނަށް ހާއްސަކޮށްގެން "ކަނބާ މަސްރޭސް 2024" ގެ ނަމުގައި މަސްރޭހެއް (08 މާރިޗު 2024) ވާ ހުކުރު ދުވަހު ބޭއްވުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭހުގައި މުއައްސަސާއެއްގެ ނަމުގައި ނުވަތަ އަމިއްލަ ޓީމެއްގެ ނަމުގައިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
ވިމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 5 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލުން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު މި ކައުންސިލަށް ހުށައެޅުން އެދެމެވެ. މި އިޢުލާނާއިއެކު ހަނިމާދޫ ކައުންސިލްގެ ކަނބާ މަސްރޭހުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 2024 އަދި ކަނބާ މަސްރޭހުގެ ޤަވާއިދު 2024އާންމުކުރަމެވެ.
ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޝަޢުބާން 1445ހ
28 ފެބްރުއަރީ 2024މ