ދިވެހިރާއްޖެ
އިޢުލާން
ބިދޭސީންގެ ދަފުތަރު އަދާހަމަކުރުމާގުޅޭ!
ނައިވާދޫ ކައުންސިލް އިދާރާއިން ބަލަހައްޓަމުންދާ " ހދ. ނައިވާދޫ ބިދޭސީންގެ ދަފުތަރު" އަދާހަމަކުރުމަށްޓަކައި މިވަގުތު ހދ.ނައިވާދޫގައި އުޅެމުންދާ ބިދޭސީންނާ ބެހޭ މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ ނައިވާދޫގައި ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން، ބިދޭސީ އާއިއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހިއްޕަވައިގެން 1 މާރޗް 2024 ވާ ހުކުރު ދުވަހު މެންދުރު 14:00 ން 16:00 އަށް އަދި ރޭގަނޑު 20:45 އިން 22:00 އަށް، ނައިވާދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުމަށް ދަންނަވަމެވެ.
ގެންނަޖެހޭ ލިޔެކިޔުންތައް:
- ބިދޭސީ މީހާގެ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓް ކޮޕީ
- ވާރކް ވިސާ ކާޑު
- އެމްޕްލޮއިމަންޓް އެޕްރޫވަލް
- ބިދޭސީ މީހާ ގެންގުޅޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
- ބިދޭސީ މީހާ ގެންގުޅޭ ފަރާތް ރަށުގައި ނުއުޅުއްވާކަމުގައި ވާނަމަވެސް، ބިދޭސީ މީހާ، މަޢުލޫމާތު ދިނުމަށްޓަކައި ޙާޒިރުވާން ވާނެއެވެ.
- މަޢުލޫމާތު ދިނުމަށް ޙާޒިރު ނުވާ ފަރާތްތަކާމެދު ކައުންސިލްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ފެބްރުއަރީ 2024