ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލުތަކުގެ ތިމާވެށީ ކުލަބުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު

 

                މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަތޮޅުފެންވަރުގައި ޙަރަކާތްތަކެއް ހިންގުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. މި ގޮތުން ޖޫންމަހުގެ 5 ވަނަ ދުވަހު މި ކައުންސިލުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ސްކޫލުތަކުގެ ތިމާވެށީގެ ކުލަބުތަކަށް އަމާޒުކޮށް "ރަށް ފެހިކުރަމާ" މި ނަމުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިމާވެށީ ކުލަބަކަށް އެހީތެރިވުމަށް ވަނީ ނިންމާފައެވެ. މި ގޮތުން އެހީގެ ގޮތުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިމާވެށީ ކުލަބަކަށް 10,000.00 ރުފިޔާ (ދިހަ ހާސް ރުފިޔާ) ގެ މާލީއެހީތެރިކަން ދޭގޮތަށެވެ.

                 ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަށް ފެހިކުރުމުގެ ޕްރޮގްރާމް" ނަމުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2024 އެޕްރީލް 14 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހއ. އަތޮޅުގެ ސްކޫލްތަކަށް ވަނީ ހުޅުވާލެފިފައެވެ.  ޕްރޮޕޯސަލްތައް މެއިލު ކުރާނަމަ މި ކައުންސިލްގެ ރަސްމީ މެއިލް: [email protected] އަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.  ޕްރޮޕޯސަލް ފޯމް މި ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެއެވެ.

                

 

     ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ބަލާނެ މިންގަނޑުތައް ޕްރޮޕޯސަލް ފޯމްގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޝަން ކޮމިޓީން މިންކުރުމަށްފަހު އެންމެ މަތީން މާކުސް ލިބޭ ކުލަބު ހިމެނޭ ސްކޫލަކަށެވެ.

28 ފެބުރުވަރީ 2024
ހޯދާ